ކައުންސިލުގެ ބައްލަދުވުންތައްޅައިމަގު ކައުންސިލްގެ 5 ވަނަ ދައުރުގެ 11 ވަނަ އާންމު ބައްދަލުވުންމައްސަލަތައް1.ޅައިމަގު ސްކޫލާއި ގުޅިގެން ގްރޭޑް 10ގެ ދަރިވަރުންނަށް ސްޓަޑީ ކޭމްޕްއެއް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުންނިންމުން: ރިޔާސަތުން ހުށަހަޅުއްވާފައިވާ ޚުލާސާ ރިޕޯޓާއި އެއްގޮތަށް ޅައިމަގު ސްކޫލް ގްރޭޑް 10ގެ ދަރިވަރުން އޯލެވެލް އިމްތިހާނަށް ތައްޔާރުކުރުމުގެ ޕްރޮގްރާމް ކުރިއަށްގެންދިއުމަށް މި ކައުންސިލުންވަނީ ފާސްކުރެވިފައެވެ.2.ޙަސަން ޝުޖާޢު، ޙުސެއިން ފަލާހް އަދި އާމިނަތު ހަމްދާ އަލީ އަށް ދޫކޮށްފައިވާ ކުލީބިމުގެ މަސައްކަތް ނިންމާ ޚިދުމަތް ދޭން ފެށުމަށްޓަކައި ދީފައިވާ މުއްދަތު، އިތުރު 1 (އެކެއް) އަހަރު ދުވަހަށް އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުންނިންމުން: ޙަސަން ޝުޖާޢު، ޙުސެއިން ފަލާހް އަދި އާމިނަތު ހަމްދާ އަލީ އަށް ދޫކޮށްފައިވާ ކުލީބިމުގެ މަސައްކަތް ނިންމާ ޚިދުމަތް ދޭން ފެށުމަށްޓަކައި ދީފައިވާ މުއްދަތު، އިތުރު 1 (އެކެއް) އަހަރު ދުވަހަށް އިތުރުކުރުމަށް ކައުންސިލުންވަނީ ފާސްކުރެވިފައެވެ.